ދިވެހިރާއްޖެ
މިރަށުގައި ހުރި ރުއްތަކަށް ދިމާވެފައިވާ ހުދުކޫޑި އާއި ހިސްޕިޑް ބީޓްލްގެ މައްސަލަ ހައްލުކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ދެއްވާފައިވާ ޕެސްޓިސައިޑް ޕެކެޓްތައް ރުއްތަކުގެ ބޮންތީގައި ހަރުކުރުމަށް ބޭނުންވާތީ ، ރުކަށް އަރައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓު 02 ވަނަ ދުވަހުގެ 10:30އަށް ހދ. ނެއްލައިދޫ ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަންގައި 20 ފޫޓަށްވުރެ ކުޑަ ރުކަކަށް އެރޭނެ އަގާއި 20 ފޫޓާށްވުރެ ދިގު ރުކަކަށް އެރޭނެ އަގު ޖެއްސެވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
