ޢާންމު މަޢުލޫމާތު
ނަންބަރު: 263/263/2026/56
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 02 އޮގަސްޓް 2026 10:30
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކަށް ދިމާވެފައިވާ ހުދުކޫޑި އާއި ހިސްޕިޑް ބީޓްލްއަށް ބޭސްލުމާއި ގުޅޭ

މިރަށުގައި ހުރި ރުއްތަކަށް ދިމާވެފައިވާ ހުދުކޫޑި އާއި ހިސްޕިޑް ބީޓްލްގެ މައްސަލަ ހައްލުކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ދެއްވާފައިވާ ޕެސްޓިސައިޑް ޕެކެޓްތައް ރުއްތަކުގެ ބޮންތީގައި ހަރުކުރުމަށް ބޭނުންވާތީ ، ރުކަށް އަރައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓު 02 ވަނަ ދުވަހުގެ 10:30އަށް ހދ. ނެއްލައިދޫ ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަންގައި 20 ފޫޓަށްވުރެ ކުޑަ ރުކަކަށް އެރޭނެ އަގާއި 20 ފޫޓާށްވުރެ ދިގު ރުކަކަށް އެރޭނެ އަގު ޖެއްސެވުން އެދެމެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

30 ޖުލައި 2026