މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ކަނޑިތީމުން ގްރީންހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން

އިޢުލާން

ށ. ކަނޑިތީމުން ގްރީންހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން

              ށ.ކަނޑިތީމުން ގްރީން ހައުސް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް

ބިމުގެ ބޮޑުމިން

ބިމު ކުލި

ބިމުގައި ކުރެވޭނެ މަސައްކަތް

ބިމުގެ ނަންބަރު

  2000 އަކަފޫޓް

އަކަފޫޓަކަށް 10 ލާރި

ގްރީން ހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން

ބިން: LT-035 އިން LT-042 (ޖުމްލަ 8 ބިން)

 

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އިރުޝާދުތަކާ އެއްގޮތަށް އޮންލައިން ފޯމު ހުށަހެޅުއްވުން އެދެމެވެ.

އޮންލައިން ފޯމް ހުށައެޅުން:                                                              

  • ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ފޯމު މެދުވެރިކޮށެވެ.
  • ފޯމު ފުރިހަމަކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާށެވެ.

-          ފޯމް ލިންކް: https://forms.office.com/r/fLSYAtQpty

  • ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2026 ވާ (ބުރާސްފަތި) ދުވަހުން ފެށިގެން 4 އޮގަސްޓް 2026 (އަންގާރަ) ދުވަހުގެ ނިޔަލަށެވެ.
  • މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އުސޫލު މި އިޢުލާނާއިއެކު އާންމު ކުރެވިފައި ވާނެއެވެ.

ގުރުނެގުން:

  • ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަދަދަށްވުރެ އިތުރަށް ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
  • ގުރުނެގުން އޮންނާނީ 5 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 13:00ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައިއެވެ.
  • ގުރުއަތުލުމަށް ފޯމު ހުށަހެޅި ފަރާތަށް ހާޒިރުނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

9 ޞަފަރު 1448

                                     23 ޖުލައި  2026

 

23 ޖުލައި 2026
ހޯދާ