ދިވެހިރާއްޖެ
އިޢުލާން
ށ. ކަނޑިތީމުން ގްރީންހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން
ށ.ކަނޑިތީމުން ގްރީން ހައުސް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް
|
ބިމުގެ ބޮޑުމިން |
ބިމު ކުލި |
ބިމުގައި ކުރެވޭނެ މަސައްކަތް |
ބިމުގެ ނަންބަރު |
|
2000 އަކަފޫޓް |
އަކަފޫޓަކަށް 10 ލާރި |
ގްރީން ހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން |
ބިން: LT-035 އިން LT-042 (ޖުމްލަ 8 ބިން) |
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އިރުޝާދުތަކާ އެއްގޮތަށް އޮންލައިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
އޮންލައިން ފޯމް ހުށައެޅުން:
- ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ފޯމު މެދުވެރިކޮށެވެ.
- ފޯމު ފުރިހަމަކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާށެވެ.
- ފޯމް ލިންކް: https://forms.office.com/r/fLSYAtQpty
- ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2026 ވާ (ބުރާސްފަތި) ދުވަހުން ފެށިގެން 4 އޮގަސްޓް 2026 (އަންގާރަ) ދުވަހުގެ ނިޔަލަށެވެ.
- މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އުސޫލު މި އިޢުލާނާއިއެކު އާންމު ކުރެވިފައި ވާނެއެވެ.
ގުރުނެގުން:
- ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަދަދަށްވުރެ އިތުރަށް ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
- ގުރުނެގުން އޮންނާނީ 5 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 13:00ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައިއެވެ.
- ގުރުއަތުލުމަށް ފޯމު ހުށަހެޅި ފަރާތަށް ހާޒިރުނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
9 ޞަފަރު 1448
23 ޖުލައި 2026