މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ- އޮބްޒާވަރ

މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ޤާއިމުވެހުންނަ ފިޝަރީޒް އޮބްޒާވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މިމިނިސްޓްރީން ޤާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

މަސައްކަތް ހަވާލުކުރެވޭ  މުއްދަތު

10 މަސްދުވަސް

ބޭނުންވާ އަދަދު

2

މަސައްކަތުގެ އުޖޫރަ

މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/4000 ރުފިޔާ ދެވޭނެއެވެ.

އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް

  • ކަނޑުމަތީގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި -/650 ރުފިޔާ ދެވޭނެއެވެ. (މިމަސައްކަތުގައި ކޮންމެ މަހަކުވެސް ގާތްގަނޑަކަށް 12 ދުވަހާއި 15 ދުވަހުގެ މުއްދަތަކަށް ކަނޑުމަތީގައި ހަރަކާތްތެރިވާންޖެހޭނެއެވެ.)
  • މިމަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރާ ކޮންމެ 5 ދުވަހަކަށް 2 ދުވަސް "އޮފް" ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު

  • ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ އަދި ފަތަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް ރަނގަޅު ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • ޓީމު މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަމާއި ހުނަރުހުރި ފަރާތަކަށްވުން.

މަސައްކަތުގެ ތަފުސީލު

  • ލައިސަންސް ނަގައިގެން ވިޔަފާރީގެ ބޭނުމަށް މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މަސްވެރިކަމާގުޅޭ މަޢުލޫމާތު ހޯދައި ރިކޯޑުކުރުން.
  • ސުޕަވައިޒަރުގެ އެހީތެރިކަމާއެކު މަޢުލޫމާތު އެއްކުރުމަށްޓަކައި އަރާނެ އުޅަނދުފަހަރު ކަނޑައަޅައި އެއުޅަނދުފަހަރުގެ ދަތުރުގައި ބައިވެރިވުމުގެ އިންތިޒާމު ވިލަރެސްކުރުން.
  • މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ނެގުން.
  • މަސްވެރިކަމުގެ ދަތުރުތައް ފުރިހަމަކުރުމަށްފަހު، ދަތުރުތަކުގައި ރިކޯޑުކުރި މަޢުލޫމާތުތައް ޑޭޓާބޭސްއަށް އަޅައި ސުޕަވައިޒަރުގެ ލަފާގެ މަތިން ދަތުރުގެ ރިޕޯޓު ތައްޔާރުކުރުން.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ)

3. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކުން ދީފައިވާ ލިޔުން

އެހެނިހެން ތަފުސީލު

 

  • މިމަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި މަސްވެރިކަމުގެ ދާއިރާއިން ކިޔަވާފައިވާ އަދި މަސްވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިކަމަށް ހޮވޭ ފަރާތްތަކުން ޑެސްކު މަސައްކަތްތައް ކުރުމަށްޓަކައި ޤާއިމުވެ ހުންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު ތިރީގައި މިވާ މިމިނިސްޓްރީގެ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، 7 ވަނަ ފަންގިފިލާ، ވެލާނާގެ، މާލެ، ދިވެހިރާއްޖެ

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.

02 ފެބުރުވަރީ 2016
ހޯދާ