ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ޤާއިމުވެހުންނަ ފިޝަރީޒް އޮބްޒާވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މިމިނިސްޓްރީން ޤާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.
މަސައްކަތް ހަވާލުކުރެވޭ މުއްދަތު |
10 މަސްދުވަސް |
ބޭނުންވާ އަދަދު |
2 |
މަސައްކަތުގެ އުޖޫރަ |
މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/4000 ރުފިޔާ ދެވޭނެއެވެ. |
||
އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު |
|
||
މަސައްކަތުގެ ތަފުސީލު |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު 2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) 3. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކުން ދީފައިވާ ލިޔުން |
||
އެހެނިހެން ތަފުސީލު
|
|
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު ތިރީގައި މިވާ މިމިނިސްޓްރީގެ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، 7 ވަނަ ފަންގިފިލާ، ވެލާނާގެ، މާލެ، ދިވެހިރާއްޖެ
މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.