މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ރ. މާކުރަތު އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާ ޙިއްޞާކުރެވޭނެއެވެ.

  1. 2027  ވަނަ އަހަރުގެ ބަޖެޓް
  2. 2027  ވަނަ އަހަރުގެ މަސައްކަތު ތާވަލް
  3. 2026  ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް

މީގެ އިތުރުން، 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންވަމެވެ.

ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މާކުރަތުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މުޙައްރަމް 1448

14 ޖުލައި 2026
ހޯދާ