ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ ބައްދަލުވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ރ. މާކުރަތު އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާ ޙިއްޞާކުރެވޭނެއެވެ.
- 2027 ވަނަ އަހަރުގެ ބަޖެޓް
- 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލް
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
މީގެ އިތުރުން، 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންވަމެވެ.
ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މާކުރަތުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 މުޙައްރަމް 1448