ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
14 އޭސީ އެޅުވުމުގެ ކޮޓޭޝަން ހޯދުމަށް (2 ވަނަ ފަހަރު)
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ އިއުލާން ނަންބަރ (IUL)/960/2026/12 އަށް ހުށަ އެޅިކޯޓޭޝަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން 2 ވަނަ ފަހަރަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް، 8 ކުލާސްރޫމްގައި އޭސީ ހަރުކުރުމާއި އެސީތަކަށް ބޭނުންވާ ކަރަންޓް ވައިރިން އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2026 ވާ (ބުދަ) ދުވަހުގެ 13:00 ށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
- މިއިޢުލާނާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ސީޓް އަދި ކޯޓޭޝަން ހުށައަޅާ ފޯރމް މި ސްކޫލުން ލިބެންހުންނާނެއެވެ. މައުލޫމާތު ސީޓް އަދި ކޯޓޭޝަން ހުށައަޅާ ފޯރމް ދޫކުރާނީ 12 ޖުލައި 2026 ން 14 ޖުލައި 2026 ގެ 14:00 ށެވެ.
- މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް [email protected]
12 ޖުލައި 2026
ހޯދާ
