މަސައްކަތް
ނަންބަރު: (IUL)/960/2026/14
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 15 ޖުލައި 2026 13:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
14 އޭސީ އެޅުވުމުގެ ކޮޓޭޝަން ހޯދުމަށް (2 ވަނަ ފަހަރު)

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލްގެ އިއުލާން ނަންބަރ (IUL)/960/2026/12 އަށް ހުށަ އެޅިކޯޓޭޝަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން 2 ވަނަ ފަހަރަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް، 8 ކުލާސްރޫމްގައި އޭސީ ހަރުކުރުމާއި އެސީތަކަށް ބޭނުންވާ ކަރަންޓް ވައިރިން އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2026 ވާ (ބުދަ) ދުވަހުގެ 13:00 ށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
  3. މިއިޢުލާނާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ސީޓް އަދި ކޯޓޭޝަން ހުށައަޅާ ފޯރމް މި ސްކޫލުން ލިބެންހުންނާނެއެވެ. މައުލޫމާތު ސީޓް އަދި ކޯޓޭޝަން ހުށައަޅާ ފޯރމް ދޫކުރާނީ 12 ޖުލައި 2026 ން 14 ޖުލައި 2026 ގެ 14:00 ށެވެ.
  5. މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރަސްގެތީމު ސްކޫލް

ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.

ފޯން:   6580361 އަދި 6580405

އީ-މެއިލް [email protected]

 

12 ޖުލައި 2026