މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން

2026 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

        ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

        - 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު

        - 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު

        - ތަރައްޤީ މަޝްރޫޢުތައް ރައްޔިތުންނާ ޙިއްސާކޮށް ޚިޔާލުހޯދުން

        - ސުވާލާއި ޖަވާބު

          ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓާއި 2027 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލް  ޢާއްމު ކުރެވިފައިވާނެއެވެ.

                           23 މުޙައްރަމު 1448

                           08 ޖުލައި  2026

08 ޖުލައި 2026
ހޯދާ