ދިވެހިރާއްޖެ
އިޢުލާން
2026 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.
- 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު
- 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު
- ތަރައްޤީ މަޝްރޫޢުތައް ރައްޔިތުންނާ ޙިއްސާކޮށް ޚިޔާލުހޯދުން
- ސުވާލާއި ޖަވާބު
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓާއި 2027 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލް ޢާއްމު ކުރެވިފައިވާނެއެވެ.
23 މުޙައްރަމު 1448
08 ޖުލައި 2026