ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް އެގްޒެކެޓިވް

މަޤާމް

އެސިސްޓެންޓް ސޭލްސް އެގްޒެކެޓިވް

މަޤާމުގެ ރޭންކް

L9 – F3 (T)

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ސޭލްސް އެންޑް ކޯޕަރޭޓް ސަރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/6،400 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްޕޮންސަރ އަދި އެހެނިހެން ހިދުމަތް ތަކަށް ތައްޔާރު ކުރާ ކޯޓޭޝަން ތަކުގެ  ލޮގް ބެލެހެއްޓުމާއި ބިލިންއަށް ފޮނުވަންޖެހޭ ޑޮކިއުމަންޓްތަށް ތައްޔާރުކޮށް ފައިނޭންސަށް ފޮނުވުން؛
  • ބާޓާ، އެމް އޯޔޫ އަދި ސަރވިސް އެގްރިމަންޓުގެ ދަށުން ދެވޭ ހިދުމަތް ތަކުގެ އެންޓްރީ ބެލެހެއްޓުމާއި އޭގެ ދަށުން ދޭވޭ ހިދުމަތްތަށް ދެވުނުކަން ކަށަވަރު ކުރުން؛
  • ސޭލްސް އެންޑް ކޯރޕަރޭޓް ސަރވިސްގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް މެމޯތަކާއި ލިޔުންތައް، ތައްޔާރުކުރުން؛
  • ކުންފުނިން އެކި ފަރާތްތަކަށް ހުށައަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތުތައް ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ ތަކެތި ލިބިދިނުން؛
  • ވައިގެ ދަތުރުތަކާއި ކަނޑުދަތުރުތަކަށް ބޭނުންވާ ޓިކެޓް ބުކްކުރުމާއި ޓިކެޓް ނެގުމާއި ވިސާ ހެއްދުމާއި އިންސުރެންސް ކުރުމާއި ދަތުރުކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމާއި އެކޮމަޑޭޝަން ހަމަޖައްސާދިނުން؛
  • ކުންފުނީގެ ސެންޓްރަލް ސްޓޮކް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުޞޫލުން ތަކެތި ދޫކުރުމާއި ސްޓޮކުގެ ރިޕޯރޓްތައް ތައްޔާރުކުރުމާއި މަދުވާ ތަކެތި އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
  • އިނާމް ސްޓޮކް އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  • ޑިޕާރޓްމަންޓުގެ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމުން؛
  • ޑިޕާރޓްމަންޓުގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
  • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރުން؛
  • ހަވާލުކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ޤަވާއިދުން ސްޕަވައިޒަރާއި ޙިއްސާކުރަމުން ގެންދިއުން؛
  • އާރކައިވްގައިވާ އޯޑިއޯ/ވީޑިއޯ ހޯދުމަށް އަންނަ ރިކުއެސްޓްތައް ބަލައިގަނެ ކަނޑައެޅިފައިވާ އުސޫލުން އޯޑިއޯ/ވީޑިއޯތައް ކްލައިންޓާ ހަވާލުކުރުން ލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  • ޕްރޮޕޯސަލް އެންޓްރީ ބެލެހެއްޓުން؛
  • އެކި ކަންކަމަށް ތައްޔާރުކުރަންޖެހޭ ރިކްއެސްޓްތައް ތައްޔާރުކުރުމާއި ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުމާއި އަޕްޑޭޓްތައް ބަލައި، ސްޕަވައިޒަރަށް މަޢުލޫމާތު ދިނުމާއި އެ ރިކްއެސްޓްކުރި ޚިދުމަތެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ވަޒީފާއާއި ގުޅިގެން  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް؛
  • ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
  • ޑިޕާރޓްމަންޓުގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުމުގައި އެހީތެރިވުން؛
  • ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
  • ޑިޕާރޓްމަންޓުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން؛
  • ޑިޕާރޓްމަންޓުގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
  • އެނައުސްމަންޓް އަދި ދަރަނި ވަސިއްޔަތް ކިއުމަށް އަންނަ ރިކުއެސްޓްތައް ބަލައިގަނެ ޝެޑިއުލް ތައްޔާރުކޮށް އޮންއެއަރ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • އެނައުސްމަންޓް އަދި ދަރަނި ވަސިއްޔަތް ސޮފްޓް އަދި ހާރޑް އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • އެނައުންސްމަންޓާއި ގުޅިގެން ބިލްކުރުމަށް ހަވާލުކުރެވޭ ޑޮކިއުމެންޓްތައް ތައްޔާރުކޮށް ޤަވާއިދުން ފައިނޭންސާ ހަވާލުކުރުން؛
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ޖުލައި 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.

08 ޖުލައި 2026
ހޯދާ