|
މަޤާމް
|
އެސިސްޓެންޓް ސޭލްސް އެގްޒެކެޓިވް
|
|
މަޤާމުގެ ރޭންކް
|
L9 – F3 (T)
|
ބޭނުންވާ އަދަދު
|
01
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ސޭލްސް އެންޑް ކޯޕަރޭޓް ސަރވިސް
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު
|
|
އަސާސީ މުސާރަ
|
-/6،400 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3،500 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
- ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ސްޕޮންސަރ އަދި އެހެނިހެން ހިދުމަތް ތަކަށް ތައްޔާރު ކުރާ ކޯޓޭޝަން ތަކުގެ ލޮގް ބެލެހެއްޓުމާއި ބިލިންއަށް ފޮނުވަންޖެހޭ ޑޮކިއުމަންޓްތަށް ތައްޔާރުކޮށް ފައިނޭންސަށް ފޮނުވުން؛
- ބާޓާ، އެމް އޯޔޫ އަދި ސަރވިސް އެގްރިމަންޓުގެ ދަށުން ދެވޭ ހިދުމަތް ތަކުގެ އެންޓްރީ ބެލެހެއްޓުމާއި އޭގެ ދަށުން ދޭވޭ ހިދުމަތްތަށް ދެވުނުކަން ކަށަވަރު ކުރުން؛
- ސޭލްސް އެންޑް ކޯރޕަރޭޓް ސަރވިސްގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް މެމޯތަކާއި ލިޔުންތައް، ތައްޔާރުކުރުން؛
- ކުންފުނިން އެކި ފަރާތްތަކަށް ހުށައަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތުތައް ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ ތަކެތި ލިބިދިނުން؛
- ވައިގެ ދަތުރުތަކާއި ކަނޑުދަތުރުތަކަށް ބޭނުންވާ ޓިކެޓް ބުކްކުރުމާއި ޓިކެޓް ނެގުމާއި ވިސާ ހެއްދުމާއި އިންސުރެންސް ކުރުމާއި ދަތުރުކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމާއި އެކޮމަޑޭޝަން ހަމަޖައްސާދިނުން؛
- ކުންފުނީގެ ސެންޓްރަލް ސްޓޮކް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުޞޫލުން ތަކެތި ދޫކުރުމާއި ސްޓޮކުގެ ރިޕޯރޓްތައް ތައްޔާރުކުރުމާއި މަދުވާ ތަކެތި އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
- އިނާމް ސްޓޮކް އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން؛
- ޑިޕާރޓްމަންޓުގެ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމުން؛
- ޑިޕާރޓްމަންޓުގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
- ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރުން؛
- ހަވާލުކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ޤަވާއިދުން ސްޕަވައިޒަރާއި ޙިއްސާކުރަމުން ގެންދިއުން؛
- އާރކައިވްގައިވާ އޯޑިއޯ/ވީޑިއޯ ހޯދުމަށް އަންނަ ރިކުއެސްޓްތައް ބަލައިގަނެ ކަނޑައެޅިފައިވާ އުސޫލުން އޯޑިއޯ/ވީޑިއޯތައް ކްލައިންޓާ ހަވާލުކުރުން ލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
- ޕްރޮޕޯސަލް އެންޓްރީ ބެލެހެއްޓުން؛
- އެކި ކަންކަމަށް ތައްޔާރުކުރަންޖެހޭ ރިކްއެސްޓްތައް ތައްޔާރުކުރުމާއި ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުމާއި އަޕްޑޭޓްތައް ބަލައި، ސްޕަވައިޒަރަށް މަޢުލޫމާތު ދިނުމާއި އެ ރިކްއެސްޓްކުރި ޚިދުމަތެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- ވަޒީފާއާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް؛
- ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
- ޑިޕާރޓްމަންޓުގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުމުގައި އެހީތެރިވުން؛
- ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
- ޑިޕާރޓްމަންޓުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން؛
- ޑިޕާރޓްމަންޓުގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
- އެނައުސްމަންޓް އަދި ދަރަނި ވަސިއްޔަތް ކިއުމަށް އަންނަ ރިކުއެސްޓްތައް ބަލައިގަނެ ޝެޑިއުލް ތައްޔާރުކޮށް އޮންއެއަރ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
- އެނައުސްމަންޓް އަދި ދަރަނި ވަސިއްޔަތް ސޮފްޓް އަދި ހާރޑް އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
- އެނައުންސްމަންޓާއި ގުޅިގެން ބިލްކުރުމަށް ހަވާލުކުރެވޭ ޑޮކިއުމެންޓްތައް ތައްޔާރުކޮށް ޤަވާއިދުން ފައިނޭންސާ ހަވާލުކުރުން؛
- މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސްނުވާ).
|
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
|
ސުންގަޑި
|
މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ޖުލައި 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.
|