މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުން

އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުން

 

         ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ  މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

  • ބޭނުންވާ އަދަދު: 05 (ފަހެއް)
  • މުއްދަތު: 03 އަހަރު
  • މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.

ޝަރުޠު:

ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.

ކުރަންޖެހޭ މަސައްކަތް:

ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާތަކާއި ގުޅިގެން، އަގު ކުރަންޖެހޭ ޢިމާރާތްތަކާއި، ތަންތަނާއި، ތަކެތި އަގުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އަގުކޮމިޓީގެ މެމްބަރުކަމަށް އެދޭ ސިޓީ
  • އައި.ޑީ ކާޑުގެ ކޮޕީ
  • މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

         މިކަމަށް އެދޭ ފަރާތްތަކުން 2026 ޖުލައި 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

07 ޖުލައި 2026
ހޯދާ