ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުން
ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.
- ބޭނުންވާ އަދަދު: 05 (ފަހެއް)
- މުއްދަތު: 03 އަހަރު
- މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.
ޝަރުޠު:
ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.
ކުރަންޖެހޭ މަސައްކަތް:
ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާތަކާއި ގުޅިގެން، އަގު ކުރަންޖެހޭ ޢިމާރާތްތަކާއި، ތަންތަނާއި، ތަކެތި އަގުކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އަގުކޮމިޓީގެ މެމްބަރުކަމަށް އެދޭ ސިޓީ
- އައި.ޑީ ކާޑުގެ ކޮޕީ
- މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
މިކަމަށް އެދޭ ފަރާތްތަކުން 2026 ޖުލައި 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.