ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުން

 އިޢުލާން

ޖުލައި މަހުގައި ރައްޔިތުންނާއި ބައްދަލުކުރުން

   ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރ 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ބާއްވަންޖެހޭ ބައްދަލުވުން މިހިނގާ ޖުލައި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ.

  1. ކުރިއަށްއޮތް 2027 ވަނަ އަހަރުގެ  މަސައްކަތު ތާވަލާއި ބަޖެޓް
  2. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ރިޕޯޓް
  3. ކައުންސިލުން އެކުވާލާފައިވާ ބައެއް އުޞޫލުތައް.
  4. ރައްޔިތުންގެ ސުވާލާއި ޖަވާބު.

            ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 ޖުލައި 2026
ހޯދާ