ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/30
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:23
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުން
އިޢުލާން
ޖުލައި މަހުގައި ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރ 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ބާއްވަންޖެހޭ ބައްދަލުވުން މިހިނގާ ޖުލައި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ.
- ކުރިއަށްއޮތް 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ރިޕޯޓް
- ކައުންސިލުން އެކުވާލާފައިވާ ބައެއް އުޞޫލުތައް.
- ރައްޔިތުންގެ ސުވާލާއި ޖަވާބު.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ޖުލައި 2026