މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އިމާރާތެއް އަޅަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ. ކިހާދޫ ސްކޫލުގެ ގޯތިތެރޭގައި 2 ކްލާސްރޫމާއި 1 ސްޓާފްރޫމް ހިމެނޭ ޕްރީސްކޫލް އިމާރާތެއް އަޅަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަންފޮތް 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 ން 13:30 އަށް ކިހާދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރީގެ 11:00 އަށް ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރީގެ 11:00 އަށް، ކިހާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

  • ބ. ކިހާދޫ ޕްރީސްކޫލް އިމާރާތްކުރުމުގެ މަސައްކަތް
  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
  • ބީލަން ހުށަހަޅާ ތާރީޚާއި ގަޑި

ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ބީލަމާއި، މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައެއް ނުގަނެވޭނެއެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ