ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ. ކިހާދޫ ސްކޫލުގެ ގޯތިތެރޭގައި 2 ކްލާސްރޫމާއި 1 ސްޓާފްރޫމް ހިމެނޭ ޕްރީސްކޫލް އިމާރާތެއް އަޅަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަންފޮތް 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 ން 13:30 އަށް ކިހާދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރީގެ 11:00 އަށް ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރީގެ 11:00 އަށް، ކިހާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
- ބ. ކިހާދޫ ޕްރީސްކޫލް އިމާރާތްކުރުމުގެ މަސައްކަތް
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
- ބީލަން ހުށަހަޅާ ތާރީޚާއި ގަޑި
ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ބީލަމާއި، މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 ރަބީޢުލްއާޚިރު 1437