ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ(.)
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް 5 (ފަސް އަހަރު) ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑުތަކީ:
1) ރުއްގަނޑު 1 (ކޮލެތެރެމަގު ހުޅަނގު ކަނުން ފެށިގެން ސްކޫލްގެ ހުޅަނގު ކަނާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 35 އަދި ނުފޯދޭ ކަނދުބުޑުލީ 15
2) ރުއްގަނޑު 2 (ސްކޫލްގެ ހުޅަނގު އުތުރު ކަނުން ފެށިގެން އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 16 އަދި ނުފޯދޭ ކަނދުބުޑުލީ 06 ރުއް
3) ރުއްގަނޑު 3 (އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައިން ނެރު ފައިކަށްޓާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 12 އަދި ނުފޯދޭ ކަނދުބުޑުލީ 1 ރުއް
4) ރުއްގަނޑު 4 (އައިސް ޕްލާންޓްގެ ހުޅަނގު ކަނުން ފެށިގެން ފައިބަރު ހަރުގެ ތަކާއި ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 18 ރުއް
5) ރުއްގަނޑު 5 (ކޮލެތެރެ ބީޗް ތެރެ) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 10 އަދި ނުފޯދޭ ކަނދުބުޑުލީ 2 ރުއް
6) ރުއްގަނޑު 6 (ޕޮލިސް ސްޓޭޝަން ކުރިމަތި) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 4 ރުއް
މި ރުއްގަނޑުތައް ވަރުވާއަށް ނަގަން ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
