ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/29
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 22 ޖުލައި 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ(.)

       މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް 5 (ފަސް އަހަރު) ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑުތަކީ:

1)      ރުއްގަނޑު 1 (ކޮލެތެރެމަގު ހުޅަނގު ކަނުން ފެށިގެން ސްކޫލްގެ ހުޅަނގު ކަނާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 35 އަދި ނުފޯދޭ ކަނދުބުޑުލީ  15

2)      ރުއްގަނޑު 2 (ސްކޫލްގެ ހުޅަނގު އުތުރު ކަނުން ފެށިގެން އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 16 އަދި ނުފޯދޭ ކަނދުބުޑުލީ 06 ރުއް

3)      ރުއްގަނޑު 3 (އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައިން ނެރު ފައިކަށްޓާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 12 އަދި ނުފޯދޭ ކަނދުބުޑުލީ 1 ރުއް

4)      ރުއްގަނޑު 4 (އައިސް ޕްލާންޓްގެ ހުޅަނގު ކަނުން ފެށިގެން ފައިބަރު ހަރުގެ ތަކާއި ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 18 ރުއް

5)      ރުއްގަނޑު 5 (ކޮލެތެރެ ބީޗް ތެރެ) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 10 އަދި ނުފޯދޭ ކަނދުބުޑުލީ 2 ރުއް

6)      ރުއްގަނޑު 6 (ޕޮލިސް ސްޓޭޝަން ކުރިމަތި) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 4 ރުއް

            މި ރުއްގަނޑުތައް ވަރުވާއަށް ނަގަން ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

07 ޖުލައި 2026