ދިވެހިރާއްޖެ
މިނިވަން ވޮލީ ޓޯނަމަންޓް 2026 ކުރިއަށްދާ މުއްދަތުގައި ވޮލީ ކޯޓްގައި ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ކުރިއަށް ދާނީ 2026 ޖުލައި 26 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/100 ރުފިޔާއެވެ. ގާޑިޔާ /ކެންޓީން ބެހެއްޓުމުގެ ހުއްދަދެވޭ ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް ކޯޓުގެ ވަށައިގެންވާ ސަރަހައްދުގައި ގާޑިޔާ /ކެންޓީން ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފޯމް ފުރުވުމަށްފަހު ފޯމާއި އެކު ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ/ ކެންޓީން ދޫކުރުމާއި ބެހޭ އުޞޫލު ޢާއްމު ކުރީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 7730119 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
ފޯމް ލިންކް: https://forms.gle/USJQLV95xVHznFVX9
