ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/63
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 12 ޖުލައި 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މިނިވަން ވޮލީ ޓޯނަމަންޓް 2026 " ކުރިއަށްދާ މުއްދަތުގައި ވޮލީ ކޯޓްގައި ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

 މިނިވަން ވޮލީ ޓޯނަމަންޓް 2026 ކުރިއަށްދާ މުއްދަތުގައި ވޮލީ ކޯޓްގައި ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ކުރިއަށް ދާނީ 2026 ޖުލައި 26 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/100 ރުފިޔާއެވެ. ގާޑިޔާ /ކެންޓީން ބެހެއްޓުމުގެ ހުއްދަދެވޭ ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް ކޯޓުގެ ވަށައިގެންވާ ސަރަހައްދުގައި ގާޑިޔާ /ކެންޓީން ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފޯމް ފުރުވުމަށްފަހު ފޯމާއި އެކު ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ/ ކެންޓީން ދޫކުރުމާއި ބެހޭ އުޞޫލު ޢާއްމު ކުރީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 7730119 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

ފޯމް ލިންކް: https://forms.gle/USJQLV95xVHznFVX9

06 ޖުލައި 2026