ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލަށް ގެނެވުނު އިސްލާޙްއާއި ގުޅިގެން ޕޫލްގައި ރަޖިސްޓުރީވުމަށް އަލުން ހުޅުވާލުން

މަގުތަކާއި،އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލަށް ގެނެވުނު އިސްލާޙްއާއި ގުޅިގެން ޕޫލްގައި ރަޖިސްޓުރީވުމަށްއަލުން ހުޅުވާލުން

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

75 (ހަތްދިހަ ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. ގަމުގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް

މަސައްކަތުގެ އުޖޫރަ:

  • މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 75.00 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ގަޑި:

  • ކައުންސިލުން މަސައްކަތު ނިކުތުމަށް ކަނޑައަޅާ ދުވަސްތަކުގައި 2 ގަޑިއިރަށްވުރެން އިތުރުނުވާ ގޮތަށް ސާފުކުރުމުގެ މަސައްކަތް ކުރުމެވެ. މިކަން މިގޮތައް އޮތްނަމަވެސް ކައުންސިލުން ބޭނުންވެއްޖެ ހާލަތެއްގައި 2 ގަޑި އިރަށް ވުރެން އިތުރަށް މަސައްކަތް ކުރެވިދާނެއެވެ.
  • މަސައްކަތް ފަށާ ގަޑިއަކީ އެދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގަޑިއެކެވެ.
  • މަސައްކަތުގައި ހޭދަވާ ގަޑި ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެއެވެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
  2. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ·         ދިވެހި ރައްޔިތެއްކަމުގައިވުން / އެހެން ޤައުމެއްގެ ރައްޔިތެއްނަމަ އެފަރާތަކީ ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވާންވާނެއެވެ.
  • ·         އުމުރުން 18 އަހަރު ފުރިފައިވުން
  • ·         މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  • ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް ނަންބަރ އިގޭނެފަދަ ލިޔުމެއް.

ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް:

  • ޕޫލްގައި ރަޖިސްޓްރީވުމަށް އޮންލައިންކޮށް ފޯމް ފުރުން

https://forms.gle/3yQs5uTJsfReEyge6

  • ޕޫލްގައި ރަޖިސްޓްރީވުމަށް ފޯމް ފުރުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800766 ނުވަތަ 7811515 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ގެޒެޓްކުރެވިފައިވާނެއެވެ.

 

06 ޖުލައި 2026
ހޯދާ