|
މަގުތަކާއި،އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލަށް ގެނެވުނު އިސްލާޙްއާއި ގުޅިގެން ޕޫލްގައި ރަޖިސްޓުރީވުމަށްއަލުން ހުޅުވާލުން
|
|
މަޤާމު:
|
މަސައްކަތު
|
|
ބޭނުންވާ އަދަދު:
|
75 (ހަތްދިހަ ފަހެއް)
|
|
މަޤާމުގެ ގިންތި:
|
ވަގުތީ (2 އަހަރު ދުވަހަށް)
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލ. ގަމުގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް
|
|
މަސައްކަތުގެ އުޖޫރަ:
|
- މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 75.00 ރުފިޔާ.
|
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
- ކައުންސިލުން މަސައްކަތު ނިކުތުމަށް ކަނޑައަޅާ ދުވަސްތަކުގައި 2 ގަޑިއިރަށްވުރެން އިތުރުނުވާ ގޮތަށް ސާފުކުރުމުގެ މަސައްކަތް ކުރުމެވެ. މިކަން މިގޮތައް އޮތްނަމަވެސް ކައުންސިލުން ބޭނުންވެއްޖެ ހާލަތެއްގައި 2 ގަޑި އިރަށް ވުރެން އިތުރަށް މަސައްކަތް ކުރެވިދާނެއެވެ.
- މަސައްކަތް ފަށާ ގަޑިއަކީ އެދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގަޑިއެކެވެ.
- މަސައްކަތުގައި ހޭދަވާ ގަޑި ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެއެވެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- · ދިވެހި ރައްޔިތެއްކަމުގައިވުން / އެހެން ޤައުމެއްގެ ރައްޔިތެއްނަމަ އެފަރާތަކީ ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވާންވާނެއެވެ.
- · އުމުރުން 18 އަހަރު ފުރިފައިވުން
- · މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް ނަންބަރ އިގޭނެފަދަ ލިޔުމެއް.
|
|
ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް:
|
- ޕޫލްގައި ރަޖިސްޓްރީވުމަށް އޮންލައިންކޮށް ފޯމް ފުރުން
https://forms.gle/3yQs5uTJsfReEyge6
- ޕޫލްގައި ރަޖިސްޓްރީވުމަށް ފޯމް ފުރުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
|
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800766 ނުވަތަ 7811515 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ގެޒެޓްކުރެވިފައިވާނެއެވެ.
|