މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދަޢުވަތު ( ކެއުން ހަމަޖެއްސުން )

އަގު ހުށަހެޅުމުގެ ދަޢުވަތު

         ކައުންސިލްގެ ފަރާތުން ހިންމަފުށީ ނަމުގައި ބައިވެރިވާ އެކިއެކި މުބާރާތްތަކަށާއި، ކައުންސިލްގެ އެކިއެކި ކަންކަމަށް ދުރުވާ ފަރާތްތަކަށާއި ކައުންސިލްގެ ޙާއްސަ މަސައްކަތްތައް ކުރާ މުއައްޒަފުންނަށް ކެއުން ތައްޔާރުކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ މުއްދަތު

15 ޖުލައި 2026 ން 31 ޑިސެމްބަރު 2026 ށް ( 5 މަހާއި 15 ދުވަސް )

 

  • މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިއިދާރާ އަށް ދުރުވެ، މިއިޢުލާނާއި އެކު ޢާއްމުކުރެވޭ ނަންބަރު: 335/QTN/2026/53 އަގުބަލާފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

  • އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.

    ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

    ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ

        މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2026
ހޯދާ