ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދަޢުވަތު
ކައުންސިލްގެ ފަރާތުން ހިންމަފުށީ ނަމުގައި ބައިވެރިވާ އެކިއެކި މުބާރާތްތަކަށާއި، ކައުންސިލްގެ އެކިއެކި ކަންކަމަށް ދުރުވާ ފަރާތްތަކަށާއި ކައުންސިލްގެ ޙާއްސަ މަސައްކަތްތައް ކުރާ މުއައްޒަފުންނަށް ކެއުން ތައްޔާރުކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
|
މަސައްކަތުގެ މުއްދަތު |
15 ޖުލައި 2026 ން 31 ޑިސެމްބަރު 2026 ށް ( 5 މަހާއި 15 ދުވަސް ) |
- މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިއިދާރާ އަށް ދުރުވެ، މިއިޢުލާނާއި އެކު ޢާއްމުކުރެވޭ ނަންބަރު: 335/QTN/2026/53 އަގުބަލާފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.
ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.