ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމު: | އެސިސްޓެންޓް ލީގަލް އޮފިސަރ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް ލީގަލް އޮފިސަރ | 
| މަޤާމުގެ ރޭންކް: | އެލް. އެސް. 2 | 
| އަސާސީ މުސާރަ: | -/9412 ރުފިޔާ | 
| މަސައްކަތްކުރަންޖެހޭ ތަނާއި ސެކްޝަން: | ފެމިލީ ކޯޓު، ޝަރީޢަތްކުރުމާބެހޭ ބައި | 
| 
 އެލަވަންސްތަކާއި ޢިނާޔަތްތައް: | - ސަރވިސް އެލަވަންސް: -/3،000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55، - ލިވިންގ އެލަވަންސް: -/2،700 ރުފިޔާ، - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. | 
| އަސާސީ ޝަރުޠު: | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | 
| 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: | - "ފެމިލީ ކޯޓުގެ ކޭސް މެނޭޖްމެންޓް ޕްރޮސީޖަރ" އާ އެއްގޮތަށް މަސައްކަތްކުރުން. - ކޯޓަށް ހާޒިރުކުރެވޭ ފަރާތްތަކާމެދު، "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" އާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާތޯ ބަލައި، އެކަން ކަށަވަރުކުރުން. - ޝަރީޢަތުން ނަގާ ބަޔާންތަކާއި، ޝަރީޢަތަށް ހުށަހެޅޭ ބަޔާންތައް މަޙުޟަރުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން. - ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުން. - މީގެ އިތުރުން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް. | 
| 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | - އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރި މިންވަރު. - ލީޑަރޝިޕާއި، ޓީމް ވޯކާއި، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަންހުރި މިންވަރު. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު. - އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް. - ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު. - އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު. | 
| 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. | 
| ސުންގަޑި: | 10 ފެބުރުވަރީ 2016 ގެ 14:30 ގެ ކުރިން. | 
| 
 
 
 އިތުރު މަޢުލޫމާތު: | - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ. - ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސްދިނުމުގައި ސާނަވީ / މަތީ ސާނަވީ މާއްދާތަކަށް މާކްސް ދެވޭނެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 16 ރަބީޢުލްއާޚިރު 1437 | |
 
                    