ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމުގެ ރޭންކް: |
އެލް. އެސް. 2 |
އަސާސީ މުސާރަ: |
-/9412 ރުފިޔާ |
މަސައްކަތްކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީ ކޯޓު، ޝަރީޢަތްކުރުމާބެހޭ ބައި |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/3،000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55، - ލިވިންގ އެލަވަންސް: -/2،700 ރުފިޔާ، - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
- "ފެމިލީ ކޯޓުގެ ކޭސް މެނޭޖްމެންޓް ޕްރޮސީޖަރ" އާ އެއްގޮތަށް މަސައްކަތްކުރުން. - ކޯޓަށް ހާޒިރުކުރެވޭ ފަރާތްތަކާމެދު، "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" އާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާތޯ ބަލައި، އެކަން ކަށަވަރުކުރުން. - ޝަރީޢަތުން ނަގާ ބަޔާންތަކާއި، ޝަރީޢަތަށް ހުށަހެޅޭ ބަޔާންތައް މަޙުޟަރުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން. - ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުން. - މީގެ އިތުރުން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރި މިންވަރު. - ލީޑަރޝިޕާއި، ޓީމް ވޯކާއި، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަންހުރި މިންވަރު. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު. - އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް. - ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު. - އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
10 ފެބުރުވަރީ 2016 ގެ 14:30 ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ. - ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސްދިނުމުގައި ސާނަވީ / މަތީ ސާނަވީ މާއްދާތަކަށް މާކްސް ދެވޭނެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
16 ރަބީޢުލްއާޚިރު 1437 |