މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

އެޓޯލްޑިވެލޮޕްމަންޓް ސަރވިސް

މުސާރަ:

މަހަކު -/5،610 ރުފިޔާ 

ސަރވިސް އެލަވާންސް:

މަހަކު -/2،000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން  އިކޮނޮމިކްސް  ނުވަތަ  ބިޒްނަސް  މޮޑިއުލެއް  ކިޔަވާފައިވުމާއެކު،  ގުޅުންހުރި  އެހެން  ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- އަތޮޅު ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ފޯމުތައް ލިޔެ ބެލެހެއްޓުން.

2- އަތޮޅު ކައުންސިލް އިދާރާގެ ސްޓޮކްތަކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކާ ހަވާލުކުރުން.

3- ކައުންސިލް އިދާރާއަށް ބޭނުންވާ ހަރުމުދާ ހޯދައި، އިންވެންޓްރީ ބަލަހައްޓާ ފަރާތާ ހަވާލުކުރުން.

4- ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް އާންމު މަރާމާތަށް ބޭނުންވާ އެންމެހައި ތަކެތިހޯދާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

5- ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ހޯދޭ އެންމެހައި ތަކެއްޗާއި، ޚިދުމަތުގެ ބިލްތަކާއި ފޯމުތައް ހަމަކޮށް، ބަޖެޓް ޔުނިޓާ ހަވާލުކުރުން.

6- ބޭސްފިހާރަޔާ ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ، ފައިސާއާ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

5- އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540025 ނަންބަރު ފޯނާއެވެ.

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016
ހޯދާ