ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
މަޤާމް: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
އޮފީސް /އިދާރާ / ސެކްޝަން: |
އެޓޯލްޑިވެލޮޕްމަންޓް ސަރވިސް |
މުސާރަ: |
މަހަކު -/5،610 ރުފިޔާ |
ސަރވިސް އެލަވާންސް: |
މަހަކު -/2،000 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1- އަތޮޅު ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ފޯމުތައް ލިޔެ ބެލެހެއްޓުން. 2- އަތޮޅު ކައުންސިލް އިދާރާގެ ސްޓޮކްތަކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކާ ހަވާލުކުރުން. 3- ކައުންސިލް އިދާރާއަށް ބޭނުންވާ ހަރުމުދާ ހޯދައި، އިންވެންޓްރީ ބަލަހައްޓާ ފަރާތާ ހަވާލުކުރުން. 4- ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް އާންމު މަރާމާތަށް ބޭނުންވާ އެންމެހައި ތަކެތިހޯދާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 5- ކައުންސިލް އިދާރާއަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ހޯދޭ އެންމެހައި ތަކެއްޗާއި، ޚިދުމަތުގެ ބިލްތަކާއި ފޯމުތައް ހަމަކޮށް، ބަޖެޓް ޔުނިޓާ ހަވާލުކުރުން. 6- ބޭސްފިހާރަޔާ ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ، ފައިސާއާ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން. 2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން. 3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4- ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. 5- އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން. 6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ. |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ފެބުރުވަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. 4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 7- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540025 ނަންބަރު ފޯނާއެވެ. |
10 ރަބީޢުލްއާޚިރު 1437