ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި ސްކޫލަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
އޮފީސް: ގއ. ނިލަންދޫ ސްކޫލް
ސެކްޝަން: -
ވަޒީފާ ޢަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް، ގއ. ނިލަންދޫ
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ މުސާރަ: -/4،465 ރުފިޔާ
ސަރވިސް އެލަވަންސް: -/1،500 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން.
2- ވަޒީފާ ބަޔާން ތައްޔާރުކުރުން.
3- ސީނިއަރ މެނޭޖުމެންޓުގެ އީވަރޓައިމްގެ ކަންކަން ބެލެހެއްޓުން.
4- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
5- ސެޕް ތައްޔާރުކުރުމާއި، އަޕްޑޭޓް ކުރުން.
6- ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމް އެޓޭޗްކުރުން.
7- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.
8- ޕޭމެންޓް ވައުޗަރތައް އެސް.އޭ.ޕީއަށް އެންޓަރކުރުމާއެކު ޕޯސްޓް ކުރުން.
9- އެގްރީމެންޓުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭ ކަންތައްތައް:
1- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
2- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
3- މަސައްކަތުގެ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %25)
4- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: % 17)
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 2 ދުވަހާއި 10 ދުވަހާ ދެރޭގައި ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލުގައެވެ.
މަޤާމަށް އެދެންވީގޮތް:
- މި މަޤާމަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި މި އިދާރާ (ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލް) އަށް ހުށަހެޅުން.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ސުންގަޑި:
2016 ފެބުރުވަރީ 1 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގެ ކުރިން.
އުޖޫރައާއި ޢިނާޔަތްތައް:
މި މަޤާމުގައި މަސައްކަތްކުރާ ފަރާތަކަށް ސިވިލް ސަރވަންޓުންނަށް ކަނޑައެޅިފައިވާ އުސޫލުން މަހުންމަހަށް މުސާރައާއި ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް އަދި ލިޔުންތައް ކިޔަން އެނގޭ ގޮތަށް ނަގާފައިވާ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ. ވީ)
10 ރަބީޢުލްއާޚިރު 1437