ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-195/2016/VIU-03
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 01 ފެބުރުވަރީ 2016 14:00
ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި ސްކޫލަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

އޮފީސް: ގއ. ނިލަންދޫ ސްކޫލް

ސެކްޝަން: -

ވަޒީފާ ޢަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް، ގއ. ނިލަންދޫ

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ މުސާރަ: -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500  ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން.

2- ވަޒީފާ ބަޔާން ތައްޔާރުކުރުން.

3- ސީނިއަރ މެނޭޖުމެންޓުގެ އީވަރޓައިމްގެ ކަންކަން ބެލެހެއްޓުން.

4- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

5- ސެޕް ތައްޔާރުކުރުމާއި، އަޕްޑޭޓް ކުރުން.

6- ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމް އެޓޭޗްކުރުން.

7- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.

8- ޕޭމެންޓް ވައުޗަރތައް އެސް.އޭ.ޕީއަށް އެންޓަރކުރުމާއެކު ޕޯސްޓް ކުރުން.

9- އެގްރީމެންޓުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)

2- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

3- މަސައްކަތުގެ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %25)

4- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: % 17)

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 2 ދުވަހާއި 10 ދުވަހާ ދެރޭގައި ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީގޮތް:

- މި މަޤާމަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި މި އިދާރާ (ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލް) އަށް ހުށަހެޅުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ސުންގަޑި

2016 ފެބުރުވަރީ 1 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގެ ކުރިން.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމުގައި މަސައްކަތްކުރާ ފަރާތަކަށް ސިވިލް ސަރވަންޓުންނަށް ކަނޑައެޅިފައިވާ އުސޫލުން މަހުންމަހަށް މުސާރައާއި ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް އަދި ލިޔުންތައް ކިޔަން އެނގޭ ގޮތަށް ނަގާފައިވާ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ. ވީ)

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016