ދިވެހިރާއްޖެ
ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން |
||||
މިއީ، ވާރލްޑް ބޭންކްގެ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ. |
||||
ޤައުމު/މަރުކަޒު |
އަދަދު |
ކަނޑައެޅިފައިވާ ސެކްޝަން/ޑިޕާޓްމަންޓް |
ލެވަލް |
ކޯހުގެ ނަން |
ދިވެހިރާއްޖެ |
2 |
އީ ސެކްޝަން، އެސް.އޭ، އެމް.ކިޔު.އޭ |
މާސްޓަރސް ޑިގްރީ |
މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް |
ދިވެހިރާއްޖެ |
1 |
އެސްކިޑް |
މާސްޓަރސް ޑިގްރީ |
މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް (ސްޕެޝަލައިޒޭޝަން އިން އެސެސްމަންޓް އެންޑް އިވެލުއޭޝަން) |
1. ކޯހުގެ ޝަރުޠު އަންގައިދޭ ސްޓާފް ޑިވެލޮޕްމަންޓް ކްރައިޓީރިއާ އަދި ސެލެކްޝަން ކްރައިޓީރިއާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައި މިޑިޕާޓްމަންޓުގެ ވެބްސައިޓުގައި ވާނެއެވެ. ވީމާ، މި ޝަރުޠުތައް ފުރިހަމަވުން. އަދި 2. މި ކޯސްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި 3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 31 ޖަނަވަރީ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. އަދި ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ. އަދި 4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއް ކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ. |
ޝަރުޠު: |
|||
ނޯޓް:
|
އިތުރު މަޢުލޫމާތު: |
|||
|
ހުށަހަޅަންޖެހޭ ތަކެތި: |
|||
ސުންގަޑި: 31 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||||
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |