ތަމްރީނު
ނަންބަރު: (IUL)166-Schol/166/2016/07
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 31 ޖަނަވަރީ 2016 01:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިއީ، ވާރލްޑް ބޭންކްގެ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ.

ޤައުމު/މަރުކަޒު

އަދަދު

ކަނޑައެޅިފައިވާ ސެކްޝަން/ޑިޕާޓްމަންޓް

ލެވަލް

ކޯހުގެ ނަން

ދިވެހިރާއްޖެ

2

އީ ސެކްޝަން، އެސް.އޭ، އެމް.ކިޔު.އޭ

މާސްޓަރސް ޑިގްރީ

މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް

ދިވެހިރާއްޖެ

1

އެސްކިޑް

މާސްޓަރސް ޑިގްރީ

މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް (ސްޕެޝަލައިޒޭޝަން އިން އެސެސްމަންޓް އެންޑް އިވެލުއޭޝަން)

1. ކޯހުގެ ޝަރުޠު އަންގައިދޭ ސްޓާފް ޑިވެލޮޕްމަންޓް ކްރައިޓީރިއާ އަދި ސެލެކްޝަން ކްރައިޓީރިއާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައި މިޑިޕާޓްމަންޓުގެ ވެބްސައިޓުގައި ވާނެއެވެ. ވީމާ، މި ޝަރުޠުތައް ފުރިހަމަވުން. އަދި

2. މި ކޯސްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި

3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 31 ޖަނަވަރީ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. އަދި

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

  ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ. އަދި

4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއް ކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ.

ޝަރުޠު:

  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާއިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ދަށުން ތަމްރީނު ކުރެވޭ ހުރިހާ ފަރާތްތައްވެސް ޓްރެއިނިންގ ކަނޑައެޅިފައިވާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ސެކްޝަން/ ޑިޕާޓްމަންޓް/ސްކޫލްތަކަށް ކަނޑައެޅިފައިވާ އުސޫލުން ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ސެޓުފިކެޓުތައް އަދި ޓްރާންސްކްރިޕްޓްތައް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓްސް ދެވެން ނޯންނާތީ އެފަރާތުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެ ކެންޑިޑޭޓަކު ފުރަތަމަ ޑިގްރީ، ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ކުރިން ކިޔެވި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިއާ ގުޅޭ އިތުރު ތަފުސީލު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެންނުވާނެއެވެ.
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ. މިދެންނެވި އުސޫލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތައުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.

ނޯޓް:

  • * މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ދާއިރާއަކަށް ކަނޑައެޅިފައިވާ ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދޭނީ މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.
  • * ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް/ޑިވިޜަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެތަނަކަށް ކަނޑައެޅިފައިވާ ކޯހަކަށް ކުރިމަތިލާނަމަ މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
  • * މިފުރުޞަތުގެ ދަށުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯސް ލިބުނުކަން އަންގާ ދުވަހުން ފެށިން 03 މަސްދުވަހުގެ ތެރޭގައި، ހޮވިފައިވާ ކޯހުގެ ޕްލޭސްމަންޓް ހުށަހަޅާ ކިޔަވަންފަށަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި، މަޤުބޫލު އުޒުރެއްނެތި ކިޔަވަން ނުފަށައިފިނަމަ ލިބިފައިވާ ފުރުޞަތު ބާޠިލުވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯ ފަރމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށް ނުނަގައި އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއްނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.). އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ޚިދުމަތުގެ ރެކޯޑަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާތީ ޚިދުމަތްކޮށްފައިވާ މުއްދަތު ތަފުސީލުކޮށް އެނގޭނޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި މިހާރު ޚިދުމަތް ކުރަމުންދާ ކަމުގެލިޔުން ހުށަހަޅަންވާނެއެވެ.
  • މީގެ އިތުރުން ސްޓާފް ޑިވެލޮޕްމަންޓްގެ ޝަރުޠު ފުރިހަމަވުމަށް އިތުރު ލިޔެކިޔުމެއް ހުށަހަޅަންޖެހޭނަމަ އެ ލިޔުމެއް.
  • މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށްޓަކައި ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން.
  • ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް/ ޑިވިޜަނަށް ޚިދުމަތް ކުރުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠު ނަންބަރު 3 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް އެ ފަރާތުން ޚިދުމަތްކުރަމުންދިޔަ އޮފީހަކުން ނުވަތަ ޚިދުމަތްކުރަމުންދާ އޮފީހަކުން ދީފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 31 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

17 ޖަނަވަރީ 2016