ދިވެހިރާއްޖެ
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ދަނޑުބިން ދޫކުރުމަށް ހެދިފައިވާ ގަވާއިދު (ގަވާއިދު ނަންބަރު 2019/R-1023) އެވެ. މިގަވާއިދުއަށް ދަނޑުވެރިކަން ކުރައްވާ ފަރާތްތަކާއި އަލަށް ދަނޑުވެރިކަމުގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކައް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ޓަކައި މިގަވާއިދައް، ބިނާކުރަވަނިވި ޚިޔާލު ބޭނުންވެއެވެ.
ވީމާ، މިއިޢުލާނާއެކު އާންމު ކުރެވިފައިވާ ގަވާއިދު ނަންބަރު: 2019/R-1023 "ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ގަވާއިދަށް" ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 30 ޖޫން 2026ގެ ނިޔަލަށް ހުޅުވާލަމެވެ. އީމެއިލް ކުރައްވާނަމަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އަދި ވައިބަރ މެދުވެރިކޮށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 9211533 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
07 މުޙައްރަމް 1448
22 ޖޫން 2026
