ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/87
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 30 ޖޫން 2026 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫއިން ދަނޑުބިން ދޫކުރުމަށް ހެދިފައިވާ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                 މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ދަނޑުބިން ދޫކުރުމަށް ހެދިފައިވާ ގަވާއިދު (ގަވާއިދު ނަންބަރު 2019/R-1023) އެވެ. މިގަވާއިދުއަށް ދަނޑުވެރިކަން ކުރައްވާ ފަރާތްތަކާއި އަލަށް ދަނޑުވެރިކަމުގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކައް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ޓަކައި މިގަވާއިދައް، ބިނާކުރަވަނިވި ޚިޔާލު ބޭނުންވެއެވެ.   

 

             ވީމާ، މިއިޢުލާނާއެކު އާންމު ކުރެވިފައިވާ ގަވާއިދު ނަންބަރު: 2019/R-1023 "ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ގަވާއިދަށް" ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 30 ޖޫން 2026ގެ ނިޔަލަށް ހުޅުވާލަމެވެ. އީމެއިލް ކުރައްވާނަމަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އަދި ވައިބަރ މެދުވެރިކޮށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 9211533 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.          

 

 

                          07 މުޙައްރަމް 1448      

                       22 ޖޫން 2026 

22 ޖޫން 2026