|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
|
ކޮންޓްރެކްޓް މުއްދަތު:
|
4 އަހަރު
|
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
|
އުޖޫރަ
|
މަހަކު18,000.00 ރުފިޔާ
(ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޕެންޝަން ފައިސާ އުނިކުރެވޭނެއެވެ)
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 12000.00 ރުފިޔާ
ފީލްޑް އެލަވަންސް: 8000.00 ރުފިޔާ
|
|
މަޤާމުގެ ޝަރުތު:
|
- ބިޒްނަސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ރިސަރޗް، މެނޭޖްމެންޓް، ނުވަތަ ސައިންސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން، ނުވަތަ
- ބިޒްނަސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ރިސަރޗް، މެނޭޖްމެންޓް، ނުވަތަ ސައިންސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށް މިޕްރޮޖެކްޓްއާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މަޤާމުގެ މަސްއޫލިއްޔަތުތައް މި ވަޒީފާގެ ޓީއޯއާރުގައި ހިމެނިފައިވާނެއެވެ. އޭގެތެރެއިން ބައެއް މުހިންމު ކަންކަން ތިރީގައި ފާހަގަކޮށްލެވިފައި އެވަނީއެވެ.
- ޕްރޮޖެކްޓްގެ ޕްރޮގްރެސް އެންޑް މޮނިޓަރިންގ ހަރަކާތްތަކާގުޅޭ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
- ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓު ހިންގުން އަދި ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީއަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެކްޓްގެ ޝަރުތުތަކާ ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުން.
- ޕްރޮޖެކްޓުގެ ހަރަކާތްތައް ނިންމަންޖެހޭ ތާރީޙްތައް ރިވިއުކޮށް ޑެޑްލައިންތަކާއި އެއްގޮތެއް އެކަންކަން ނިންމުމަށް މަސައްކަތްކުރުން.
- ހަރަދުތައް ހިނގަމުންދަނީ ޕްރޮޖެކްޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލާ ވެލިޑޭޓްކުރުން.
- ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު އެގްޒެކުޓިންގް ޕާރޓްނަރުންނަށް ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައްކުރުން.
- މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި އެހީތެރިވެދިނުން.
- ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިޔުންތައް ފަސޭހައިން ލިބޭނެގޮތް އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދިނުން.
- ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ނަކަލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު. ފޯމު ލިބިވަޑައިގަންނަވާނީ ތިރީގައިވާ ލިންކްއިން:
https://tinyurl.com/MNU-Job-Application-form-Dhv
|
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
|