ވަޒީފާގެ ފުރުޞަތު
ނަންބަރު: RDO-CHOM-2026-06
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 28 ޖޫން 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓު މެނޭޖަރު

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

4 އަހަރު

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ

މަހަކު18,000.00  ރުފިޔާ

(ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޕެންޝަން ފައިސާ އުނިކުރެވޭނެއެވެ)

އެހެނިހެން އިނާޔަތްތައް:

ސާރވިސް އެލަވަންސް: 12000.00 ރުފިޔާ

ފީލްޑް އެލަވަންސް: 8000.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. ބިޒްނަސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ރިސަރޗް، މެނޭޖްމެންޓް، ނުވަތަ ސައިންސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން، ނުވަތަ

 

  1. ބިޒްނަސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ރިސަރޗް، މެނޭޖްމެންޓް، ނުވަތަ ސައިންސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

 

  • ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށް މިޕްރޮޖެކްޓްއާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސްއޫލިއްޔަތުތައް މި ވަޒީފާގެ ޓީއޯއާރުގައި ހިމެނިފައިވާނެއެވެ. އޭގެތެރެއިން ބައެއް މުހިންމު ކަންކަން ތިރީގައި ފާހަގަކޮށްލެވިފައި އެވަނީއެވެ.

  1. ޕްރޮޖެކްޓްގެ ޕްރޮގްރެސް އެންޑް މޮނިޓަރިންގ ހަރަކާތްތަކާގުޅޭ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
  2. ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓު ހިންގުން އަދި ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީއަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  3. ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެކްޓްގެ ޝަރުތުތަކާ ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުން.
  4. ޕްރޮޖެކްޓުގެ ހަރަކާތްތައް ނިންމަންޖެހޭ ތާރީޙްތައް ރިވިއުކޮށް ޑެޑްލައިންތަކާއި އެއްގޮތެއް އެކަންކަން ނިންމުމަށް މަސައްކަތްކުރުން.
  5. ހަރަދުތައް ހިނގަމުންދަނީ ޕްރޮޖެކްޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލާ ވެލިޑޭޓްކުރުން.
  6. ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު އެގްޒެކުޓިންގް ޕާރޓްނަރުންނަށް ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައްކުރުން.
  7. މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި އެހީތެރިވެދިނުން.
  8. ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިޔުންތައް ފަސޭހައިން ލިބޭނެގޮތް އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދިނުން.
  9. ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ނަކަލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު. ފޯމު ލިބިވަޑައިގަންނަވާނީ ތިރީގައިވާ ލިންކްއިން:

https://tinyurl.com/MNU-Job-Application-form-Dhv

 

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.

 

21 ޖޫން 2026