ދިވެހިރާއްޖެ
އިޞްލާޙް-2
|
އިއުލާން ނަންބަރު |
MNU-CA-PAMD/2026/67 |
|
އިއުލާނުގެ ތާރީޚް |
09 ޖޫން 2026 |
|
ބީލަމުގެ ނަން |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން |
މި ޔުނިވަރސިޓީން 09 ޖޫން 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/67 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާން) އިއުލާނު ކުރި ފަހުން، މި އިޢުލާންގެ ސެކްޝަން 3 (މަސައްކަތާއި ގުޅޭ މަޢުލޫމާތު) އަށް ވަނީ ބަދަލު ގެނެވިފައެވެ.
- އިޢުލާނާއެކު ހިމަނާފައިވާ "އެމް.އެން.ޔޫ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމުގެ މަސައްކަތުގެ ތަފްޞީލު (ޓީ.އޯ.އާރް)" ގެ ނަންބަރު 9 "ބްރޭންޑިންގ" އަށް ވަނީ ބަދަލު ގެނެވިފައެވެ. މި ގޮތުން ގެނެވުނު ބަދަލަކީ "ބީލަން ކާމިޔާބު ކުރާ ފަރާތުން ބޭނުންވާ ނަމެއްގައި ރެޖިސްޓްރީކޮށްގެން މި ތަން ހިންގިދާނެއެވެ. ނަމަވެސް ތަން ފާހަގަކުރުމަށާއި އިޝްތިހާރު ކުރުމަށް ޔުނިވަރސިޓީން މި ޢިމާރާތަށް ކިޔާނަން ޢިމާރާތުގައި އިޝްތިހާރުކުރެވިފައި ހުންނާނެއެވެ." މިއެވެ.
- ބަދަލުވި މަޢުލޫމާތު ކަރުދާސް މި އިޞްލާޙާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި ބަދަލު ގެނެވުނު ބައިތައް ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ.
- މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.
މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.
