ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/AM/2026/10
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 29 ޖޫން 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު: MNU-CA-PAMD/2026/67 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން) - ޢިޞްލާޙް 2

އިޞްލާޙް-2

އިއުލާން ނަންބަރު

MNU-CA-PAMD/2026/67

އިއުލާނުގެ ތާރީޚް

09 ޖޫން 2026

ބީލަމުގެ ނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

 

މި ޔުނިވަރސިޓީން 09 ޖޫން 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/67 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާން) އިއުލާނު ކުރި ފަހުން، މި އިޢުލާންގެ ސެކްޝަން 3 (މަސައްކަތާއި ގުޅޭ މަޢުލޫމާތު) އަށް ވަނީ ބަދަލު ގެނެވިފައެވެ.

 

  1. އިޢުލާނާއެކު ހިމަނާފައިވާ "އެމް.އެން.ޔޫ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމުގެ މަސައްކަތުގެ ތަފްޞީލު (ޓީ.އޯ.އާރް)" ގެ ނަންބަރު 9 "ބްރޭންޑިންގ" އަށް ވަނީ ބަދަލު ގެނެވިފައެވެ. މި ގޮތުން ގެނެވުނު ބަދަލަކީ "ބީލަން ކާމިޔާބު ކުރާ ފަރާތުން ބޭނުންވާ ނަމެއްގައި ރެޖިސްޓްރީކޮށްގެން މި ތަން ހިންގިދާނެއެވެ. ނަމަވެސް ތަން ފާހަގަކުރުމަށާއި އިޝްތިހާރު ކުރުމަށް ޔުނިވަރސިޓީން މި ޢިމާރާތަށް ކިޔާނަން ޢިމާރާތުގައި އިޝްތިހާރުކުރެވިފައި ހުންނާނެއެވެ." މިއެވެ.
  2. ބަދަލުވި މަޢުލޫމާތު ކަރުދާސް މި އިޞްލާޙާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި ބަދަލު ގެނެވުނު ބައިތައް ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ.
  3. މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.

 

މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ. 

18 ޖޫން 2026