ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް: CS9-2

މުސާރަ

މަހަކު -/10020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3،600 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

އެހެނިހެން އެލަވަންސާއި އުޖޫރަ   

  • އަސާސީ މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ސެކްޝަން

މޮނިޓަރިންގ އެންޑް އިވަލުއޭޝަން ރެގިއުލޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ޤާނޫނީގޮތުން އޮފީހަށް ލާޒިމްކުރާ ކަންތައްތައް ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކުރަމުން ގެންދޭތޯ ބެލުމާއި، އެކަމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.

2- އޮފީހަށް ބޭނުންވާ ޤާނޫނީ ޚިދުމަތްތައް ފޯރުކޮށްދިނުން.

3- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭގޮތުގެ ލަފާ އޮފީހުގެ ވެރިންނާއި ހިއްސާކުރުމުގެ މަސައްކަތް.

4- މި އެޖެންސީއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5- ކޯޓުގެ ނިންމުންތަކާ ގުޅިގެން އިސްތިޢުނާފްކުރަންޖެހޭ މައްސަލަތަކާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.

6- ހިނގަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ބެލެހެއްޓުން.

7- ކޯޓު އަމުރުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރުން.

8- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުން.

9- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

އެހެނިހެން އެލަވަންސާއި އުޖޫރަ   

1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

3- ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ.

ސެކްޝަން

ސްޓޭކް ހޯލްޑަރ ރިލޭޝަންސް އެންޑް ސްޓެޓިސްޓިކްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި ބޭރުގެ އެހީ ފޯރުކޮށްދެމުންގެންދާ އެކިއެކި ފާރާތްތަކުން ހޯދުމަށް ހުށަހަޅާ ތަފާސްހިސާބު ތައްޔާރުކުރުން.
  2. ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި ބޭރުގެ އެހީ ފޯރުކޮށްދެމުންގެންދާ އެކިއެކި ފާރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެމުންގެންދާ އެހީތަކާ ގުޅިގެން ތައްޔާރުކުރާ ތަފާސްހިސާބު ބަލައި ކަށަވަރުކުރުން.
  3. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެމުންގެންދާ އެހީތަކާ ގުޅިގެން ތައްޔާރުކުރާ ތަފާސްހިސާބު ތައްޔާރުކުރުން.
  4. ސަރުކާރުގެ އެކިއެކި ނިންމުން ނިންމުމަށް ("އެވިޑެންސް ބޭސްޑް ޑިޒިޝަނަށް") ބޭނުންވާ މަޢޫލޫމާތު ފޯރުކޮށްދިނުން.
  5. އާސަންދައިގެ ތަފާސްހިސާބު މަހުންމަހަށް ބެލެހެއްޓުން.
  6. ތަފާސްހިސާބާ ގުޅިގެން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައި ކުރިއަށްގެންދިއުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

1. މެނޭޖްމަންޓް  ނުވަތަ  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު

ހެޑް އޮފް ބިއުރޯ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ހެޑް އޮފް ބިއުރޯ

މުސާރަ

ދެފަރާތް އެއްބަސްވާގޮތެއްގެމަތިން

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

އެގްޒެކްޓިވް ބިއުރޯ އެންޑް ބޯރޑް ސެކްރެޓޭރިއަޓް

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 (އެކެއް) އަހަރުދުވަސް  (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ރަސްމީ ބައްދުނޫން ދުވަސްތަކުގައި މަދުވެގެން 7 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސީއީއޯ ބައިވެރިވާ ރާއްޖެއިންބޭރުގެ ޖަލްސާތަކާއި ރައްޖޭގެ ޖަލްސާތަކަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  2. އޮފީހުގެ ބޯޑްމީޓިންގތަކަށް ތައްޔާރުކުރަންޖެހޭ އެޖެންޑާ އައިޓަމްތައް ތައްޔާރުކުރުމާއި، ޑޮކިއުމަންޓްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  3. މީޓިންގތައް ކޯޑިނޭޓްކުރުމާއި، މީޓިންގތަކުން ނިންމާ ނިންމުންތައް ޑޮކިއުމަންޓްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  4. އޮފީހުން ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން ސީއީއޯ ނިންމާ ނިންމުންތަކުގެ ޑޮކިއުމަންޓްތައް ތައްޔާރުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ހިއްސާކުރުން.
  5. ސީއީއޯގެ މީޓިންތަކުގައި ނިންމާ ކަންކަމުގެ ފޮލޯއަޕް ރިޕޯޓްތައް ތައްޔާރުކުރުން.
  6. މިނިސްޓްރީއަށް ނުވަތަ މިނިސްޓަރަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމާއި ފޮނުވުން.
  7. ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ލިޔަންޖެހޭ އެންމެހައި ކަމާބެހޭ ލިޔުންތައް ސީއިއޯގެ އިރުޝާދުގެމަތިން ތައްޔާރުކުރުން.
  8. ސީއީއޯގެ އެޕޮއިންޓްމަންޓްތަކާ ގުޅިގެން ނިންމާ ކަންކަން ކަމާބެހޭ ސެކްޝަންތަކަށް އެންގުމާއި، އެކަންކަން ހިނގަމުންދާގޮތް ބެލުން.
  9. ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގުމާއި، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.
  10. އޮފީހުގެ ރަސްމީ މަސައްތައްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

1. މެނޭޖްމަންޓް  ނުވަތަ  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މެނޭޖްމަންޓް  ނުވަތަ  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މެނޭޖްމަންޓް  ނުވަތަ  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިއެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016  ފެބުރުވަރީ  1  ވާ  ހޯމަ  ދުވަހުގެ  13:30  ގެ  ކުރިން،  ނެޝަނަލް  ސޯޝަލް  ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2016  ވަނަ  އަހަރުގެ  ފެބުރުވަރީ  ނުވަތަ  މާރިޗު  މަހުގައި،  ނެޝަނަލް  ސޯޝަލް  ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3005323 އެވެ.

4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ