ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.
މަޤާމު |
ލީގަލް އޮފިސަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ލީގަލް އޮފިސަރ |
މަޤާމުގެ ރޭންކް: CS9-2 |
މުސާރަ |
މަހަކު -/10020 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/3،600 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން |
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
||
އެހެނިހެން އެލަވަންސާއި އުޖޫރަ |
|
||
ސެކްޝަން |
މޮނިޓަރިންގ އެންޑް އިވަލުއޭޝަން ރެގިއުލޭޝަން |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- ޤާނޫނީގޮތުން އޮފީހަށް ލާޒިމްކުރާ ކަންތައްތައް ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކުރަމުން ގެންދޭތޯ ބެލުމާއި، އެކަމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން. 2- އޮފީހަށް ބޭނުންވާ ޤާނޫނީ ޚިދުމަތްތައް ފޯރުކޮށްދިނުން. 3- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭގޮތުގެ ލަފާ އޮފީހުގެ ވެރިންނާއި ހިއްސާކުރުމުގެ މަސައްކަތް. 4- މި އެޖެންސީއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 5- ކޯޓުގެ ނިންމުންތަކާ ގުޅިގެން އިސްތިޢުނާފްކުރަންޖެހޭ މައްސަލަތަކާ ގުޅޭ އެންމެހައި މަސައްކަތް ކުރުން. 6- ހިނގަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ބެލެހެއްޓުން. 7- ކޯޓު އަމުރުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރުން. 8- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުން. 9- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ |
ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމު |
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: GS4 |
މުސާރަ |
މަހަކު -/5020 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން |
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
||
އެހެނިހެން އެލަވަންސާއި އުޖޫރަ |
1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 3- ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ. |
||
ސެކްޝަން |
ސްޓޭކް ހޯލްޑަރ ރިލޭޝަންސް އެންޑް ސްޓެޓިސްޓިކްސް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ތަޢުލީމާއި ތަޖުރިބާ |
1. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
||
މަޤާމު |
ހެޑް އޮފް ބިއުރޯ (ކޮންޓްރެކްޓް) |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ހެޑް އޮފް ބިއުރޯ |
|
މުސާރަ |
ދެފަރާތް އެއްބަސްވާގޮތެއްގެމަތިން |
||
މަސައްކަތް ކުރަންޖެހޭ ތަން |
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
||
ސެކްޝަން |
އެގްޒެކްޓިވް ބިއުރޯ އެންޑް ބޯރޑް ސެކްރެޓޭރިއަޓް |
||
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް |
||
މަސައްކަތުގެ މުއްދަތު |
1 (އެކެއް) އަހަރުދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) |
||
މަސައްކަތުގެ ވަގުތު |
ރަސްމީ ބައްދުނޫން ދުވަސްތަކުގައި މަދުވެގެން 7 ގަޑިއިރު |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ތަޢުލީމާއި ތަޖުރިބާ |
1. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
2016 ފެބުރުވަރީ 1 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
2016 ވަނަ އަހަރުގެ ފެބުރުވަރީ ނުވަތަ މާރިޗު މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާގައި) ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3005323 އެވެ. |
||
4 ރަބީޢުލްއާޚިރު 1437 |