ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

މަޤާމް

ސީނިއަރ ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

މަޤާމުގެ ރޭންކް

L7-D1

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ޕްރޮޖެކްޓްސް، ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާގެ ބާވަތް

06 މަސްދުވަސް (ވަގުތީ)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/7,500 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ  ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު  މަސައްކަތްކޮށްފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިޖިޓަލް ޓެރިސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ (ޑީ.ޓީ.ޓީ.ބީ) - އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ އެންޑް އިމްޕްރޫވްމަންޓް" މަޝްރޫޢުގެ މަސައްކަތްތައް، ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ މަތިން ވިލަރެސްކޮށް ކުރިއަށް ގެންދިއުން؛
  • މަޝްރޫޢުގެ "ޕްރޮޖެކްޓް ޑިޒައިން މެޓްރިކްސް" ގައި ކަނޑައަޅާފައިވާ މަސައްކަތްތައް ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި މޮނިޓަރކުރުމާއި، މަސައްކަތުގެ ކުރިއެރުން ކަމާބެހޭ މުވައްޒަފުންނާ ހިއްސާކުރުން. އަދި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ނުދާނަމަ، އެކަން ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ ސަމާލުކަމަށް ގެނައުން؛
  • ޑީ.ޓީ.ޓީ.ބީ- އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ އެންޑް އިމްޕްރޫވްމަންޓް މަސްރޫޢުގެ ދަށުން ކުރަންޖެހޭ އަންނަނިވި ކަންކަން ކުރުން:

- ކޮންމެ 6 މަހަކުން އެއްފަހަރު ބާއްވާ "ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ( ޖޭ.ސީ.ސީ)" ބައްދަލުވުންތައް އިންތިޒާމުކުރުމާއި، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނީގެ މުވައްޒަފުންނާ ކުރަންޖެހޭ މުޢާމަލާތްތައްކޮށް، އެންމެހައި ރެކޯޑުތައް ބެލެހެއްޓުން؛

- މަޝްރޫޢުގެ އެކްސްޕާޓް ޓީމަށާއި ޖައިކާ (JICA) ކޯޑިނޭޓަރަށް ޑިޕާޓްމަންޓުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛

  • މަސައްކަތާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔެކިޔުންތައް ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުމަތިން ތައްޔާރުކުރުން؛
  • މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ މުއާމަލާތްތަކާ ގުޅޭ ސިޓީއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ލިބޭ ލިޔުންތަކަށް ޖަވާބުދާރީވުން؛
  • ހަވާލުކުރެވިފައިވާ މަޝްރޫއުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް، ސިސްޓަމެޓިކް ގޮތެއްގައި ބެލެހެއްޓުން؛
  • ޕްރޮޖެކްޓްތަކުގެ ފައިނޭންސަލް ޕްރޮޕޯސަލް އެކުލަވާލުމުގައި އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން؛
  • ބީލަމުގެ މަރުހަލާތަކަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، އޮފީހަށް ވަޑައިގަންނަވާ ވަފުދުތަކަށް މަރުހަބާ ކިޔުމާއި މެހެމާންދާރީގެ ކަންކަން އިސްވެ ބެލެހެއްޓުން؛
  • މަޝްރޫއުތަކާ ގުޅޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ހާޒިރީގެ ރެކޯޑުތައް ބެލެހެއްޓުން؛
  • މަޝްރޫއުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަތުރުތަކާއި ޑިއުޓީއާ ގުޅޭ ކަންކަން ސިސްޓަމަށް އެންޓަރކުރުމާއި، ކަމާގުޅޭ މަޢުލޫމާތުތައް ހިއުމަން ރިސޯސް ޑިޕާޓްމަންޓާ ހިއްސާކުރުން؛
  • ރަސްމީ ދަތުރުތަކަށް ބޭނުންވާ ފޯމުތައް ފުރިހަމަކޮށް އެޑްމިންއަށް ހަވާލުކުރުމާއި، ދަތުރު ނިންމުމަށްފަހު ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފައިނޭންސް ޑިޕާޓްމަންޓަށް ހުށަހެޅުން؛
  • މަޝްރޫއުތަކާ ގުޅިގެން ތައްޔާރުކުރާ އެއްބަސްވުންތައް، ޤާނޫނީ ލަފާގެ މަތިން ފައިނަލްކޮށް، ސޮއިކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރުން؛
  • ޑިޕާޓްމަންޓުން ހުށަހަޅަންޖެހޭ ވީކްލީ އަދި މަންތްލީ ޕްރެޒެންޓޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މަޤާމަށް އެދިލައްވާ ފަރާތްތަކުން 17 ޖޫން 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.

11 ޖޫން 2026
ހޯދާ