|
މަޤާމް
|
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)
|
|
މަޤާމުގެ ރޭންކް
|
L7-D1
|
ބޭނުންވާ ޢަދަދު:
|
01
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ޕްރޮޖެކްޓްސް، ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް
|
|
ވަޒީފާގެ ބާވަތް
|
06 މަސްދުވަސް (ވަގުތީ)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު
|
|
އަސާސީ މުސާރަ
|
-/7,500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޑިޖިޓަލް ޓެރިސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ (ޑީ.ޓީ.ޓީ.ބީ) - އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ އެންޑް އިމްޕްރޫވްމަންޓް" މަޝްރޫޢުގެ މަސައްކަތްތައް، ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ މަތިން ވިލަރެސްކޮށް ކުރިއަށް ގެންދިއުން؛
- މަޝްރޫޢުގެ "ޕްރޮޖެކްޓް ޑިޒައިން މެޓްރިކްސް" ގައި ކަނޑައަޅާފައިވާ މަސައްކަތްތައް ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި މޮނިޓަރކުރުމާއި، މަސައްކަތުގެ ކުރިއެރުން ކަމާބެހޭ މުވައްޒަފުންނާ ހިއްސާކުރުން. އަދި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ނުދާނަމަ، އެކަން ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ ސަމާލުކަމަށް ގެނައުން؛
- ޑީ.ޓީ.ޓީ.ބީ- އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ އެންޑް އިމްޕްރޫވްމަންޓް މަސްރޫޢުގެ ދަށުން ކުރަންޖެހޭ އަންނަނިވި ކަންކަން ކުރުން:
- ކޮންމެ 6 މަހަކުން އެއްފަހަރު ބާއްވާ "ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ( ޖޭ.ސީ.ސީ)" ބައްދަލުވުންތައް އިންތިޒާމުކުރުމާއި، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނީގެ މުވައްޒަފުންނާ ކުރަންޖެހޭ މުޢާމަލާތްތައްކޮށް، އެންމެހައި ރެކޯޑުތައް ބެލެހެއްޓުން؛
- މަޝްރޫޢުގެ އެކްސްޕާޓް ޓީމަށާއި ޖައިކާ (JICA) ކޯޑިނޭޓަރަށް ޑިޕާޓްމަންޓުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛
- މަސައްކަތާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔެކިޔުންތައް ސުޕަވައިޒަރާއި ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުމަތިން ތައްޔާރުކުރުން؛
- މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ މުއާމަލާތްތަކާ ގުޅޭ ސިޓީއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ލިބޭ ލިޔުންތަކަށް ޖަވާބުދާރީވުން؛
- ހަވާލުކުރެވިފައިވާ މަޝްރޫއުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް، ސިސްޓަމެޓިކް ގޮތެއްގައި ބެލެހެއްޓުން؛
- ޕްރޮޖެކްޓްތަކުގެ ފައިނޭންސަލް ޕްރޮޕޯސަލް އެކުލަވާލުމުގައި އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން؛
- ބީލަމުގެ މަރުހަލާތަކަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، އޮފީހަށް ވަޑައިގަންނަވާ ވަފުދުތަކަށް މަރުހަބާ ކިޔުމާއި މެހެމާންދާރީގެ ކަންކަން އިސްވެ ބެލެހެއްޓުން؛
- މަޝްރޫއުތަކާ ގުޅޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ހާޒިރީގެ ރެކޯޑުތައް ބެލެހެއްޓުން؛
- މަޝްރޫއުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަތުރުތަކާއި ޑިއުޓީއާ ގުޅޭ ކަންކަން ސިސްޓަމަށް އެންޓަރކުރުމާއި، ކަމާގުޅޭ މަޢުލޫމާތުތައް ހިއުމަން ރިސޯސް ޑިޕާޓްމަންޓާ ހިއްސާކުރުން؛
- ރަސްމީ ދަތުރުތަކަށް ބޭނުންވާ ފޯމުތައް ފުރިހަމަކޮށް އެޑްމިންއަށް ހަވާލުކުރުމާއި، ދަތުރު ނިންމުމަށްފަހު ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފައިނޭންސް ޑިޕާޓްމަންޓަށް ހުށަހެޅުން؛
- މަޝްރޫއުތަކާ ގުޅިގެން ތައްޔާރުކުރާ އެއްބަސްވުންތައް، ޤާނޫނީ ލަފާގެ މަތިން ފައިނަލްކޮށް، ސޮއިކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރުން؛
- ޑިޕާޓްމަންޓުން ހުށަހަޅަންޖެހޭ ވީކްލީ އަދި މަންތްލީ ޕްރެޒެންޓޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
|
ސުންގަޑި
|
މަޤާމަށް އެދިލައްވާ ފަރާތްތަކުން 17 ޖޫން 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.
|