މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޝަރުތުހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

 ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

 މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  • އޮފީސް އިމާރާތާއި ވަސީލަތްތައް ބެލެހެއްޓުމުގައި އެހީތެރިވުން؛ މީގެ ތެރޭގައި މަރާމާތު މަސައްކަތް ބެލެހެއްޓުމާއި، އިންވެންޓްރީ ކޮންޓްރޯލްކުރުމާއި، އަދި އެހެނިހެން އިކުއިޕްމަންޓްތައް ބެލެހެއްޓުން ހިމެނެއެވެ.
  • ކުންފުނީގެ ލޮޖިސްޓިކްސް އަދި ދަތުރުފަތުރާއި ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ޕްރޮކިއުމަންޓް މަސައްކަތްކުރުން. މީގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ މުދާ ނުވަތަ ޚިދުމަތްތައް ހޯދުމާއި ކޮންޓްރެކްޓްތައް ބެލެހެއްޓުމާއި، މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް މޮނިޓަރކުރުމާއި، އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުން ހިމެނެއެވެ.
  • އެޗް.އާރް އާ ގުޅުންހުރި އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.
  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުމާއި، ލިޔެކިޔުންތަކުގެ ރެކޯޑްތައް ފުރިހަމައަށް ބެލެހެއްޓުން.
  • ކޯޕަރޭޓް ސަރވިސަސްގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ރަސްމީ މަސައްކަތު ގަޑި

 ހެނދުނު 8:00 އިން ހަވީރު 4:00 އަށް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

17 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އަށް

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3313311  ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

11 ޖޫން 2026
ހޯދާ