މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް
|
|
ސެކްޝަން / ޑިވިޜަން
|
ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- އޮފީސް އިމާރާތާއި ވަސީލަތްތައް ބެލެހެއްޓުމުގައި އެހީތެރިވުން؛ މީގެ ތެރޭގައި މަރާމާތު މަސައްކަތް ބެލެހެއްޓުމާއި، އިންވެންޓްރީ ކޮންޓްރޯލްކުރުމާއި، އަދި އެހެނިހެން އިކުއިޕްމަންޓްތައް ބެލެހެއްޓުން ހިމެނެއެވެ.
- ކުންފުނީގެ ލޮޖިސްޓިކްސް އަދި ދަތުރުފަތުރާއި ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
- ކުންފުނީގެ ޕްރޮކިއުމަންޓް މަސައްކަތްކުރުން. މީގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ މުދާ ނުވަތަ ޚިދުމަތްތައް ހޯދުމާއި ކޮންޓްރެކްޓްތައް ބެލެހެއްޓުމާއި، މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް މޮނިޓަރކުރުމާއި، އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުން ހިމެނެއެވެ.
- އެޗް.އާރް އާ ގުޅުންހުރި އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.
- އޮފީހަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުމާއި، ލިޔެކިޔުންތަކުގެ ރެކޯޑްތައް ފުރިހަމައަށް ބެލެހެއްޓުން.
- ކޯޕަރޭޓް ސަރވިސަސްގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
|
|
މުސާރައާއި އިނާޔަތްތައް
|
20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހެނދުނު 8:00 އިން ހަވީރު 4:00 އަށް
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
- ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.
|
|
ސުންގަޑި
|
17 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އަށް
|