މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
PADI ފްރީ ޑައިވަރ ލެވެލް 1 ގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލުން.

PADI ފްރީ ޑައިވަރ ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

               ނ. މަނަދޫގައި PADI  ފްރީ ޑައިވަރ ލެވެލް 1 ހިންގުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 17 ޖޫން 2026 ވަނަ ދުވަހުގެ 13:00 ނިޔަލަށް ހުޅުވާލަމެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތު މިކައުންސިލްގެ ވައިބަރ ނަންބަރ: 7380029 އަށް ފޮނުއްވުން އެދެމެވެ.

  • Ø      ފުރިހަމަ ނަން:
  • Ø      އެޑްރެސް:
  • Ø      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ:
  • Ø      މޯބައިލް ނަންބަރ:

 

ހިންގުމަށް ހަމަޖެހިފައިވާ ކޯހުގެ މައުލޫމާތު

ކޯހުގެ ނަން: PADI  ފްރީ ޑައިވަރ ލެވެލް 1

ކޯހުގެ ފީ: -/2500 (ދެހާސްފަސްސަތޭކަ ރުފިޔާ)

ޖާގަ: 10 ޖާގަ

މުއްދަތު: 7 ދުވަސް

 

               މި ކޯހުގައި ބައިވެރިވުމަށް ޖާގަ ދެމުންގެންދާނީ ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރަމުންދާ ތަރުތީބުންކަމުގައި ދަންނަވަމެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ  25 ޖުލައި 2026 އިން ފެށިގެންކަމުގައި ދަންނަވަމެވެ.

                                 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

1447 L 24

10 ޖޫން 2026

10 ޖޫން 2026
ހޯދާ