ދިވެހިރާއްޖެ
PADI ފްރީ ޑައިވަރ ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.
ނ. މަނަދޫގައި PADI ފްރީ ޑައިވަރ ލެވެލް 1 ހިންގުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 17 ޖޫން 2026 ވަނަ ދުވަހުގެ 13:00 ނިޔަލަށް ހުޅުވާލަމެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތު މިކައުންސިލްގެ ވައިބަރ ނަންބަރ: 7380029 އަށް ފޮނުއްވުން އެދެމެވެ.
- Ø ފުރިހަމަ ނަން:
- Ø އެޑްރެސް:
- Ø ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ:
- Ø މޯބައިލް ނަންބަރ:
ހިންގުމަށް ހަމަޖެހިފައިވާ ކޯހުގެ މައުލޫމާތު
ކޯހުގެ ނަން: PADI ފްރީ ޑައިވަރ ލެވެލް 1
ކޯހުގެ ފީ: -/2500 (ދެހާސްފަސްސަތޭކަ ރުފިޔާ)
ޖާގަ: 10 ޖާގަ
މުއްދަތު: 7 ދުވަސް
މި ކޯހުގައި ބައިވެރިވުމަށް ޖާގަ ދެމުންގެންދާނީ ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރަމުންދާ ތަރުތީބުންކަމުގައި ދަންނަވަމެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2026 އިން ފެށިގެންކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
1447 L 24
10 ޖޫން 2026